Sunday, September 22, 2013

ބޭސްލައިން ސާރވޭ ވޯކްޝޮޕް ނިމެއްޖެ

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 1-7ގެ ހުރިހާ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށް ދިޔަ 5 ގަޑިއިރުގެ ވޯކްޝޮޕް ނިމެއްޖެއެވެ. މި ވޯކްޝޮޕް ހިންގިފައިވަނީ 21 ސެޕްޓެމްބަރ 2013 ވީ ހޮނިހިރު ދުވަހުއެވެ. މިއީ 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ހިންގި ސާރވޭގެ ނަތީޖާ ބ.އަތޮޅުގެ އެންމެހާ ސްކޫލުތަކަށް ޙިއްސާ ކުރުމުގެ ފެށުމެވެ. މި ވޯކްޝޮޕުގައި މަޢުލޫމާތު ދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މީގެ އިތުރުން ސައިންސް ވޯކްޝޮޕުގެ ބައިތަކެއްވެސް ގެންދެވުނެވެ. މިބައިތައް ގެންގޮސްދެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް މުދައްރިސް ޒިޔާދު ޢަލީ އެވެ.  މުދައްރިސުންނަކީ ކަރިކިއުލަމަށް އަންނަ ބަދަލުތަކަށް ރަގަޅަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި ކުލާސް ތަކުގައި މިފަދަ ރިސާޗް ތަކުން ނުކުންނަ ނަތީޖާތައް ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ.
މި ވޯކްޝޮޕްގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ހިންގާ ކޮމިޓީގެ ވަރަށްބޮޑު އެހީތެރިކަން ލިބިފައިވެއެވެ. ޖުމުލަ 20 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ވޯކްޝޮޕު ގެ ގަޑިތައް އަމާޒު ކުރެވި ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނަށް އެކަންޏެވެ.

ބެލެނިވެރިންގެ އައި. ސީ. ޓީ ވޯކްޝޮޕް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ބ. ޓީ.އާރު. ސީ އާއި ގުޅިގެން ހިންގި އައި. ސީ. ޓީ ވޯކްޝޮޕްތައް ނިމެއްޖެއެވެ. މިއީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްއިއްޔާއިން ބޮޑެތިމީހުން ކޮމްޕިއުޓަރަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގިފައިވާ ކުރުމުއްދަތުގެ 2 ވޯކްޝޮޕެވެ.  މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބެލެނިވެރިންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުތަކުގެ މައިގަޑު މަޤުޞަދެވެ. 19 ސެޕްޓެމްބަރ 2013 ވީ ބްރާސްފަތި ދުވަހުގެ ރޭ އޮތް ނިންމުމުގެ ރަސްމިއްޔާތުގައި އައި ސީ.ޓީ ބޭސިކް ވޯކްޝޮޕުގައި ބައިވެރި ލެއްވި 15 ބެލެނިވެރިންނަށާއި އައި ސީ. ޓީ އެޑްވާންސް ވޯކްޝޮޕުގައި ބައިވެރިވެލެއްވި 10 ބެލެނިވެރިން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބ. ޓީއާރު ސީގައި މަސައްކަތް ކުރައްވާ ވޮލަންޓިއަރ މިސް ޖެކްއަރލިން ސްމޮލެޓެވެ.

Monday, July 15, 2013

ބ. ޓީ. އާރު. ސީ އަށް ބޫޓާން ޑެލިގޭޓްސް ޒިޔާރަތް ކުރެއްވުން



މިހިނގާ ޖުލައިމަހުގެ 2 ވަނަ ދުވަހު  ބޫޓާންގެ  5ބޭފުޅުން ބ. ޓީޗަރ ރިސޯސް ސެންޓަރަށް ޒިޔާރަތް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޓީޗަރ ރިސޯސް ސެންޓަރުތައް ހިނގާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް މިކުރެއްވި ޒިޔާރަތުގައި ބޫޓާންގެ އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅަކުވެސް ބައިވެރިވެލެއްވިއެވެ. މިގޮތުން ބ. ޓީޗަރ ރިސޯސް ސެންޓަރުގައި މިހާތަނަށް ކުރެވުނު މަސައްކަތާއި، ދިމާވާ ދަތިތަކާއި އަދި ކުރިޔަށް ގެންދަން ކަނޑައަޅާފައި ހުރި ޕްރޮގްރާމްތައް އެބޭފުޅުންނާއި ޙިއްސާ ކުރެވުނެވެ. ބޫޓާންގެ ތާރީޚާއި ބޫޓާންގެ ތަޢުލީމީ ނިޒާމް ކުރިޔަށްދާގޮތާއި އަދި އެޤައުމުގެ  ޓީޗަރ ރިސޯސް ސެންޓަރުތައް މަސައްކަތް ކުރާގޮތްތައްވެސް މި ޒިޔާރަތުގައި އެބޭފުޅުން  ޙިއްސާ ކުރެއްވިއެވެ. ޖުމްލަ 4 ގަޑިއިރަށް ދެމިގެންދިޔަ މިޕްރޮގްރާމުގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެހާ ވެރިންވެސް ބައިވެރިވެލެއްވިއެވެ.

ބ. ތުޅާދޫ ސްކޫލުގެ ތިންވަނަ ޕީ.ޑީ ވޯކްޝޮޕް ނިމެއްޖެ



މިއަހަރުގެ ތިންވަނަ ޕީ.ޑީ ދުވަސް 7 ޖުލައި 2013 ވީ އާދިއްތަ ދުވަހު ބ. ތުޅާދު ސްކޫލުގައި ފާހަނގަކޮށްފިއެވެ.
މިއީ 2013 ވަނަ އަހަރުގެ ތިންވަނަ ޕްރޮފެސަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ގޮތުގައި ފާހަނގަ ކުރާ ދުވަސް  27 ޖޫން ގައި ފާހަނގަ ކުރެވެން ނެތުމުން އެދުވަހުގެ ބަދަލުގައި ބ. ތުޅާދޫ ސްކޫލުގައި ފާހަނގަ ކުރި ދުވަހެކެވެ. މުދައްރިސުން އާ ކަރިކިއުލަމަށް އަހުލު ވެރިކުރުވުމަށްޓަކައި  މި ދުވަހުގެ ސެޝަންތަކުގައި އަލި އަޅުވާލެވިފައިވެއެވެ. މި ގޮތުން އާ ކަރިކިއުލަމްގައި ކުދިންގެ ފެންވަރު ދެނެގަންނާނެ ގޮތްތައް މުދައްރިސުންނަށް ފޯރުކޮށްދެވުނެވެ.  މިގޮތުން "އެސެސްމެންޓް" ގެ ބައިތަކާއި ވައްތަރުތައް އަދި މިހާރުން މިހާރަށް ކުލާސް ތަކުގައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފާއި އޮސްޓްރޭލިޔާގެ ވޮލަންޓިއަރ މިސް ޖެކްއަލިންގ ސްމޮލެޓެވެ. އާ ކަރިކިއުލަމް ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ފެށެން ވާއިރަށް، މުދައްރިސުންނަކީ ކަރިކިއުލަމަށް އަހުލުވެރިވެ، ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އާކަރިކިއުލަމްގެ ބައިތައް ބޭނުން ކުރަން އެނގުމަކީ މިއަދުގެ ސެޝަންތަކުގެ މަޤުޞަދެވެ. 
މި ވޯކްޝޮޕްގައި ބ. ތުޅާދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުންބައިވެރިވެފައިވެއެވެ.މިގޮތުން ޖުމުލަ 54 މުދައްރިސުން މި ވޯކްޝޮޕުގެ  ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.

ގޮއިދޫ ސްކޫލުގެ މޮނިޓަރިންގ އެންޑް އެސިސްޓަންޓް ޕްރޮގްރާމް ނިމެއްޖެ



ބ. އަތޮޅު ގޮއިދޫ ސްކޫލުގައި މި ހިނގާ ޖޫން މަހުގެ 28 އިން ޖުލައި 02 އަށް ކުރިޔަށްދިޔަ މޮނިޓަރިންގ އެންޑް އެސިސްޓަންޓް ޕރޮގްރާމް ނިމެއްޖެއެވެ.  ޖޫން މަހުގެ 30 ވީ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް ދިޔަ  މި ޕްރޮގްރާމްގައި  އެއްދުވަސް އެސްކޫލުގެ ތިންވަނަ ޕީ.ޑީ ދުވަހުގެ ގޮތުގައި ކުރިއަށް ގެންދެވިފައިވެއެވެ. ޕީ.ޑީ ސެޝަންތައް ކުރިޔަށް ގެންދެވިފައިވަނީ ބ. ފުޅަދޫ ސްކޫލުގައެވެ. މި ޕްރޮގްރާމްގައި ބ. ގޮއިދޫ ސްކޫލުގެ މުދައްރިސުންގެ ފިލާވަޅުތައް އޮބްޒާވްކޮށް ފީޑްބެކް ދެވިފައި ވެއެވެ. އަދި މީގެ އިތުރުން ބެލެނިވެރިންނަށް، ސްކޫލުން ކުރިޔަށް ގެންދާ އިނގިރޭސި ކުލާހުގެ ދެ ސެޝަން ނަންގަވައި ދެވުނެވެ. ސެޝަންތައް ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފާއި އޮސްޓްރޭލިޔާގެ ވޮލަންޓިއަރ މިސް ޖެކްއަލިންގ ސްމޮލެޓެވެ. ބ. ގޮއިދޫ ސްކޫލާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމުގައި ޖުމްލަ 20 މުދައްރިސުންނާއި 60 ބެލެނިވެރިން ބައިވެރި ވިއެވެ.

މިއަހަރުގެ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތައް ނިމެއްޖެ



2013 ވަނަ އަހަރުގެ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތައް  މިއަތޮޅުގެ ސްކޫލުތަކުގައި ކުރިޔަށް ގެންގޮސް ނިންމާލައިފިއެވެ. މިއަހަރުގެ މިހާތަނަށް ބ.އަތޮޅުގެ ހުރިހާ ސްކޫލެއްގައިވެސް ވަނީ ދެ ޕީ.ޑީ ދުވަސް ފާހަނގަ ކޮށްފައެވެ. ތިންވަނަ ޕީ.ޑީ ދުވަސް މިއަތޮޅުގެ 3 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް 27 ޖޫން ވީ ބްރާސްފަތި ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއަހަރުގެ މިހާތަނަށް 15 ގަޑިއިރުގެ ޕީ.ޑީ ހިންގިފައިވަނީ 11 ސްކޫލެއްގައެވެ.

Monday, May 27, 2013

ކެޕޭސިޓީ ބިލްޑިންގް ވޯކްޝޮޕް ނިމެއްޖެ

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ފަރާތުން ޓީ.އާރު.ސީ ގައި މަސައްކަތް ކުރައްވާ ޓީޗަރ އެޑީޔުކޭޓަރުންނަށް އަމާޒުކޮށްގެން މިހިނގާ މޭމަހުގެ 19 އިން 23 އަށް ބޭއްވި ކެޕޭސިޓީ ބިލްޑިންގް ވޯކްޝޮޕް ނިމެއްޖެއެވެ.
މިވޯކްޝޮޕުގައި ކިޔަވައިދެއްވާފައިވަނީ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިޔުކޭޝަންގެ ތަޖުރިބާރު ބޭފުޅުންނާއި ތާޖުއްދީން ސްކޫލުގެ މުދައްރިސެކެވެ. މުޅި ޖުމްލަ 20 ބައިވެރިން ބައިވެރިވެފައިވެއެވެ. ވޯކްޝޮޕުގެ ސެޝަންތައް ކުރިޔަށް ގެންދެވިފައިވަނީ އެން. އައި. އީ ގެ ސެމިނަރ ރޫމުގައެވެ.  ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން  ރަސްމީގޮތުން ހުޅުވުމުގެ ޖަލްސާ ވެސް އޮތީ މި ދުވަސްވަރުގެ ތެރޭގައެވެ. ވޯކްޝޮޕުގެ އެންމެހާ ބައިވެރިން 20 މެއި 2013 ވަނަ ދުވަހުގެ ހެނދުނު 10:0 ގައި އޮތް އެން. އައި. އީ ހުޅުވުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މި ވޯކްޝޮޕުގައި ޓީޗަރ އެޑިޔުކޭޓަރުންނަށް އަތޮޅުގައި މަސައްކަތް ކުރައްވާއިރު ދަތިވާ ކަންތައްތައް ހިއްސާ ކުރެވުނެވެ.

މިވޯކްޝޮޕުގައި ޕިޒިކަލް އެޑިޔުކޭޝަންގައި "ފަންޑަމެންޓަލް ސްކިލް" ކިޔަވައިދިނުމުގެ މުހިއްމު ކަމާއި ބެހޭގޮތުން މަޢުލޫމާތު ދެވި ޢަމަލީގޮތުން ކުރުވައިފައި ވެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅޭގޮތުން ވަރަށްގިނަ ސެޝަންތައް ކުރިޔަށް ގެންދެވުނެވެ.

Sunday, April 21, 2013

އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެ

ބ. މާޅޮހު ސްކޫލުގައި މިއެޕްރީލް މަހުގެ 18- 19 އަށް ހިންގި އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ މާޅޮހު ސްކޫލުގެ މުދައްރިސުން އައި. ސީ. ޓީ އަށް އަހުލު ވެރިކުރުވުމުގެ ގޮތުން ދެވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ގޮތުގައި ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ. މީގެ އިތުރުން  އައި. ސީ. ޓީ ބޭނުންކޮށްގެން ފިލާވަޅު ގެންދިޔުމަށްޓަކައި ޓީޗިން ރިސޯސް ވެސް ތައްޔާރު ކުރެވިފައިވެއެވެ.
މި ވޯކްޝޮޕްގައި ބ. މާޅޮހު ސްކޫލުގެ މުދައްރިސުންނާއި ބ. މާޅޮހު ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 20 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.

Monday, March 25, 2013

ގޮއިދޫ ސްކޫލުގެ މުދައްރިސުންނަށް ހިންގި ވޯކްޝޮޕް ނިމެއްޖެ

ބ. އަތޮޅު ގޮއިދޫ ސްކޫލުގައި މިމަހުގެ 17 އިން 19 އަށް ކުރިޔަށްދިޔަ ޥޯކްޝޮޕް ނިމެއްޖެއެވެ. މި ހިނގާ މާރޗް  މަހުގެ 17 ވީ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް ދިޔަ ވޯކްޝޮޕުގެ ސެޝަންތައް ކުރިޔަށް ދިޔައީ ބައި ބަޔަށް ބަހާލައިދެންނެވެ. މިގޮތުން މުޅިޖުމްލަ 6 ގަޑިއިރުގެ ވޯކްޝޮޕެއް ވަނީ މިސްކޫލުގައި ކުރިޔަށް ގެންދެވިފައެވެ. މި ޕްރޮގްރާމުގައި ސްކޫލް ސެލްފް އިވެލުއޭޝަންގެ ބަޔަކާއި ކަރިކިއުލަމްގެ ބައިތައް ގެންދެވިފައި ވެއެވެ. މީގެ އިތުރުން ކުދިންނަށް 2 ސެޝަން ނަގައިދެވި ކްލާސްތައް އޮބްޒަރވް ކުރެވި ފީޑްބެކް ދެވިފައިވެއެވެ. ސެޝަންތައް ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބ. ގޮއިދޫ ސްކޫލާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ވޯކްޝޮޕުގައި ޖުމްލަ 17 މުދައްރިސުން ބައިވެރި ވިއެވެ.

Wednesday, March 13, 2013

ކަމަދޫ ސްކޫލުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަސް ފާހަނގަ ކޮށްފި



ބ. އަތޮޅު ކަމަދޫ ސްކޫލުގައި މިއަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަސް ފާހަނގަ ކޮށްފިއެވެ. މި ހިނގާ މާރޗް  މަހުގެ 10 ވީ އާދީއްތަ ދުވަހު 5 ގަޑިއިރުގެ ވޯކްޝޮޕެއް ވަނީ މިސްކޫލުގައި ކުރިޔަށް ގެންގޮސްފައެވެ. މުޅި ޖުމްލަ 2 ސެޝަނަކަށް ބަހާލެވިގެން ހިންގި މި ޕްރޮގްރާމުގައި ސްކޫލް ސެލްފް އިވެލުއޭޝަން އާއި ކޮމިއުނިކޭޝަން ސްކިލް އަދި ސެލްފް އެސްޓީމް ގެ ބައިތައް ގެންދެވިފައި ވެއެވެ. މިއީ ކޮންމެ އަހަރެއްގެ ތެރޭގައިވެސް  ސްކޫލުތަކުގައި މުދައްރިސުންނަށް ހިންގާ ޕީ.ޑީ ޕްރޮގްރާމުގެ ދަށުން މި ސްކޫލުގައި ބޭއްވުނު ޕްރޮގްރާމެކެވެ. ސެޝަންތައް ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ވޯކްޝޮޕުގައި ޖުމްލަ 20 މުދައްރިސުން ބައިވެރި ވިއެވެ. މި ޕްރޮގްރާމުގައި ކަމަދޫ ސްކޫލުގެ މުދައްރިސުންގެ އިތުރުން ކަމަދޫ ޕްރީ ސްކޫލުގެ މުދައްރިސުންވެސް ބައިވެރި ވިއެވެ.

Thursday, March 7, 2013

ސްކޫލް ސެލްފް އިވެލުއޭޝަން ވޯކްޝޮޕް ނިމެއްޖެ


ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިމާރޗް މަހުގެ 3- 5 އަށް ހިންގި ސްކޫލް ސެލްފް އިވެލުއޭޝަން ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްޢިއްޔާ އާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގި ޥޯކްޝޮޕެކެވެ. މި ވޯކްޝޮޕުގެ މައިގަޑު މަޤުޞަދަކީ ބެލެނިވެރިންނާއި މުދައްރިސުންނާއި ގުޅިގެން ސްކޫލް ކުރިޔަށް ގެންދިޔުމަށްޓަކައި ކަންތައް ކުރާނެ ގޮތްތަކެއް ބެލެނިވެރިންނަށް އަންގައިދިނުމެވެ. މިގޮތުން ސްކޫލް ސެލްފް އިވެލުއޭޝަނަކީ ކޮބައިކަމާއި ސްކޫލެއް އިވެލުއޭޓް ކުރުމުގައި ބެލެނިވެރިންގެ ދަޢުރަކީ ކޮބައިކަން މިވޯކްޝޮޕުގައި އަންގައިދެވިފައިވާނެއެވެ. މިފަދަ ކަންކަމަށް ބެލެނިވެރިން އަހުލު ވެރިކުރުވުމުގެ ގޮތުން 2013 ވަނަ އަހަރުގެ ފުރަތަމަ ބޭއްވުނު މިވޯކްޝޮޕުގައި މުޅިޖުމްލަ 48 ބެލެނިވެރިން ބައިވެރިވެ ވޯކްޝޮޕު ފުރިހަމަ ކޮށްފައިވެއެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބެލެނިވެރިންނަކީވެސް ސްކޫލުގައި ހިނގާ ކޮންމެ ކަމެއްގައި އެހީތެރިވެ، އެއްބާރުލުން ދީ ކަންކަމަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި ސްކޫލު ކުރިޔަށް ގެންދިޔުމުގައި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑުކަމަށް މިވޯކްޝޮޕުގައި ވާހަކަދެކެވުނެވެ. މީގެ އިތުރުން މިވޯކްޝޮޕުގައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތްތައް ބެލެނިވެރިންނާއި ހިއްސާ ކުރެވުނެވެ.

Friday, February 1, 2013

މިއަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގެ ދުވަސް ފާހަގަ ކޮށްފި


PD in Eydhafushi
2013 ވަނަ އަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ހަރަކާތްތަކުގެ ދުވަސް ނިމެއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް 3 ދުވަސް  ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ގެ ގޮތުގައި އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައިވެއެވެ. މިއީ މުދައްރިސުން ތާޒާ ކުރުމާއި ސްކޫލުތަކުގައި އެސްކޫލަކުން ލިބެންހުންނަ ވަޞީލަތްތައް ބޭނުންކޮށްގެން މުދައްރިސުންގެ ކުރިއެރުވުމަށް ކަންތައްތަކެއް ކުރުމުގެ މަޤުޞަދުގައި ހިންގާ ޙަރަކާތް ތަކެކެވެ. މިއަހަރުގެ ފުރަތަމަ ޕީ.ޑީ ދުވަހަކީ 31 ޖެނުއަރީ 2013 އެވެ. މިހަރަކާތްތައް މި ދުވަހު ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައި ވީނަމަވެސް ތަފާތު ސަބަބު ތަކާއި ހުރެ މި އަތޮޅުގެ ބައެއް ސްކޫލުތަކުގައި މިދުވަސް ވަނީ އެހެންދުވަހަކަށް ލަސްކޮށްފައެވެ. މި ދުވަސްތައް ކާމިޔާބީ ކަމާއި އެކު ފުރިހަމަ ކުރެވެނީ އަތޮޅުތަކުގެ ސްކޫލުތަކުގައި ތިއްބެވި ހީވާގި ޕީ ޑީ ކޯޑިނޭޓަރުންގެ މިންނެތް މަސައްކަތުންނާއި ސްކޫލު މެނޭޖްމަންޓުގެ އެއްބާރުލުމާއި މުދައްރިސުން މިކަމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ.

އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެ

ބ. ތުޅާދޫ ސްކޫލުގައި މިޖެނުއަރީ މަހުގެ 8- 10 އަށް ހިންގި އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ 2013 ވަނަ އަހަރުގެ ފެށޭއިރު ތުޅާދޫ ސްކޫލްގެ 9 ކްލާސްރޫމެއްގައި އައި. ސީ. ޓީ ގެ ހިދުމަތް ލިބެމުންދާތީވެ، އެކަމަށް މުދައްރިސުން އަހުލު ވެރިކުރުވުމުގެ ގޮތުން ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ކުރިން އައި ސީ ޓީ އަށް ސްކޫލުގެ އެންމެހާ މުދައްރިސުން އަހުލު ވެރިކުރުވުމަށްޓަކައި ބ. ތުޅާދޫ ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ. މީގެ އިތުރުން މިވޯކްޝޮޕުގައި އައި ސީ ޓީ ބޭނުންކޮށްގެން ކިޔަވައިދިމުގެ ފައިދާ އާއި ހުރި ދަތިތަކުގެ މައްޗަށް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން  އައި. ސީ. ޓީ ބޭނުންކޮށްގެން ފިލާވަޅު ގެންދިޔމަށްޓަކައި ޓީޗިން ރިސޯސް ވެސް ތައްޔާރު ކުރެވިފައިވެއެވެ.
މި ވޯކްޝޮޕްގައި ބ. ތުޅާދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 54 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.