Monday, March 25, 2013

ގޮއިދޫ ސްކޫލުގެ މުދައްރިސުންނަށް ހިންގި ވޯކްޝޮޕް ނިމެއްޖެ

ބ. އަތޮޅު ގޮއިދޫ ސްކޫލުގައި މިމަހުގެ 17 އިން 19 އަށް ކުރިޔަށްދިޔަ ޥޯކްޝޮޕް ނިމެއްޖެއެވެ. މި ހިނގާ މާރޗް  މަހުގެ 17 ވީ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް ދިޔަ ވޯކްޝޮޕުގެ ސެޝަންތައް ކުރިޔަށް ދިޔައީ ބައި ބަޔަށް ބަހާލައިދެންނެވެ. މިގޮތުން މުޅިޖުމްލަ 6 ގަޑިއިރުގެ ވޯކްޝޮޕެއް ވަނީ މިސްކޫލުގައި ކުރިޔަށް ގެންދެވިފައެވެ. މި ޕްރޮގްރާމުގައި ސްކޫލް ސެލްފް އިވެލުއޭޝަންގެ ބަޔަކާއި ކަރިކިއުލަމްގެ ބައިތައް ގެންދެވިފައި ވެއެވެ. މީގެ އިތުރުން ކުދިންނަށް 2 ސެޝަން ނަގައިދެވި ކްލާސްތައް އޮބްޒަރވް ކުރެވި ފީޑްބެކް ދެވިފައިވެއެވެ. ސެޝަންތައް ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބ. ގޮއިދޫ ސްކޫލާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ވޯކްޝޮޕުގައި ޖުމްލަ 17 މުދައްރިސުން ބައިވެރި ވިއެވެ.