Wednesday, May 4, 2016

ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭނެ ގޮތްތައް ޓީޗަރުންނަށް ދަސްކޮށްދެނީ

އާ މަންހަޖުގެ ދަށުން ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމު ފޯރުކޮށްދޭނެ ގޮތްތައް އުނގަންނައިދިނުމަށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބ. އަތޮޅުމަދަރުސާގައި ވޯކް ޝޮޕެއް ފަށައިފި އެވެ
ބ. އަދި ޅ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 40 ޓީޗަރުން ބައިވެރިވި އެވެ
ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމު ފޯރުކޮށްދޭނެ ގޮތްތައް އުނގަންނައިދިނުމަށް، ދަރަވަންދޫގައި އިއްޔެ ފެށި ވޯކުޝޮޕުގެ ތެރެއިން.-- ފޮޓޯ: އެންއައިއީ
ބ. އަތޮޅު މަދަރުސާއިން ބުނިގޮތުގައި މި ވޯކްޝޮޕް ގައި ސްކޫލުތަކުގައި ކިޔަވައިދެއްވާ އިރު މުދައްރިސުން، ވަކިވަކި ކުދިންގެ ފަރުދީ ތަފާތުތަކަށް ރިޢާޔަތްކޮށްގެން ކަންތައްތައް ކުރަންވީ ގޮތާއި، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް މުދައްރިސުންނާއި ޙިއްޞާ ކުރެވޭނެ އެވެ
މި ވޯކްޝޮޕުގެ ބައިވެރިންނަށް ކިޔަވައިދެއްވަނީ، އެންއައިއީގެ2 ބޭފުޅުންނެވެ