Tuesday, October 21, 2014

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ އާއި ބ. ޓީ.އާރު. ސީ އާއި ގުޅިގެން ބެލެނިވެރިންނަށް ހިސާބު ވޯކްޝޮޕެއް ފަށައިފި

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ އާއި ބ. ޓީ.އާރު. ސީ އާއި ގުޅިގެން ބެލެނިވެރިންނަށް ހިސާބު ވޯކްޝޮޕެއް ފަށައިފިއެވެ.  މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާ މި ވޯކްޝޮޕުގައި ކުދިންނަށް ހިސާބު ކިޔަވައިދިނުމުގައި ގޭތެރެއިން ކުރެވިދާނެ ކަންތައްތައް އޮޅުން ފިލުވައި ދޭނެއެވެ. އަދި މީގެ އިތުރަށް ބެލެނިވެރިން އިތުރަށް ތާޒާކުރުމަކީ މި ވޯކްޝޮޕުގެ އެއްމަޤުޞަދެވެ. ޖުމްލަ 20 ބެލެނިވެރިން ބައިވެރިވި މި ވޯކްޝޮޕުގެ ގަޑިތައް ކޮންމެ ރެއަކު 9 އިން 10:15 ކުރިޔަށް ގެންދެވޭނެއެވެ. މި ވޯކްޝޮޕުގައި ކިޔަވައި ދެއްވަނީ ބ. ޓީ. އާރު. ސީގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ.

Thursday, October 9, 2014

އާކަރިކިއުލަމަށް އަހުލުވެރި ވުމުގެ ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބޭއްވުނު ވޯކްޝޮޕް ނިމިއްޖެ.

ވޯކްޝޮޕުގެ ބައިވެރިން


އާކަރިކިއުލަމަށް އަހުލުވެރި ވުމުގެ ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބޭއްވުނު ވޯކްޝޮޕް ނިމިއްޖެއެވެ. މިވޯކްޝޮޕުގައި ކިޔަވައިދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރުންނާއި ބ. ގޮއިދޫ ސްކޫލް، ބ. ކިހާދޫ ސްކޫލް އަދި ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލުންނެވެ. މިވޯކްޝޮޕުގައި ޖުމްލަ 4 ރަށުން 32 މުދައްރިސުން ބައިވެރިވިއެވެ. 42 ގަޑިއިރުގެ މިވޯކްޝޮޕުގައި މިއަންނަ އަހަރަށް އާކަރި ކިއުލަމަށް މުދައްރިސުން އަހުލުވެރިކުރުވުމަށް ވަކި ވަކި މާއްދާތަކަށް އަމާޒު ކޮށްގެން ތަފާތު ގިނަގުނަ އެކްޓިވިޓީ ތަކެއް ކުރިޔަށް ގެންދެވުނެވެ.