Tuesday, March 25, 2014

މިއަހަރުގެ ތިންވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެ


ބ. މާޅޮހު ސްކޫލުގައި މާރޗް 18 ވަނަ ދުވަހު ހިންގި މިއަހަރުގެ ދެވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެއެވެ. މިއީ 2014 ވަނަ އަހަރު ބ. އަތޮޅުގެ ސްކޫލުތަކަށް ޕްރޮފެޝަނަލް އެހީތެރިކަން ދިނުމުގެ ގޮތުން ކުރެވުނު ތިންވަނަ ދަތުރެވެ. މި ޕްރޮގްރާމުގައި މުދައްރިސުންނަށް 2 ގަޑިއިރުގެ ސެޝަނެއް ނަގައި ދެވިފައިވެއެވެ. އަދި މީގެ އިތުރުން ކްލާސްތައް އޮބްޒާވްކޮށް ފީޑްބެކް ދެވިފައިވެއެވެ. އެންމެ ފުރިހަމަ ގޮތުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކުރާނެ ގޮތާއި ބެހޭގޮތުން މުދައްރިސުންނާއި މަޝްވަރާކުރެވުނެވެ. އާ ކަރިކއުލަމަށް މުދައްރިސުން އަހުލުވެރި ވެފައިވާވަރުވެސް މި ދަތުރުގައި ބެލިފައިވެއެވެ. ބ. މާޅޮހު ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ހިންގުނު މި ޕްރޮގްރާމުގައި ސެޝަން ނަގައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ސެޝަންގައި ސްކޫލުގެ ހުރިހާ މުދައްރިސުން ބައިވެރިވެލެއްވިއެވެ. ސެޝަންގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.