Sunday, April 21, 2013

އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެ

ބ. މާޅޮހު ސްކޫލުގައި މިއެޕްރީލް މަހުގެ 18- 19 އަށް ހިންގި އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ މާޅޮހު ސްކޫލުގެ މުދައްރިސުން އައި. ސީ. ޓީ އަށް އަހުލު ވެރިކުރުވުމުގެ ގޮތުން ދެވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ގޮތުގައި ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ. މީގެ އިތުރުން  އައި. ސީ. ޓީ ބޭނުންކޮށްގެން ފިލާވަޅު ގެންދިޔުމަށްޓަކައި ޓީޗިން ރިސޯސް ވެސް ތައްޔާރު ކުރެވިފައިވެއެވެ.
މި ވޯކްޝޮޕްގައި ބ. މާޅޮހު ސްކޫލުގެ މުދައްރިސުންނާއި ބ. މާޅޮހު ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 20 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.