Monday, May 27, 2013

ކެޕޭސިޓީ ބިލްޑިންގް ވޯކްޝޮޕް ނިމެއްޖެ

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ފަރާތުން ޓީ.އާރު.ސީ ގައި މަސައްކަތް ކުރައްވާ ޓީޗަރ އެޑީޔުކޭޓަރުންނަށް އަމާޒުކޮށްގެން މިހިނގާ މޭމަހުގެ 19 އިން 23 އަށް ބޭއްވި ކެޕޭސިޓީ ބިލްޑިންގް ވޯކްޝޮޕް ނިމެއްޖެއެވެ.
މިވޯކްޝޮޕުގައި ކިޔަވައިދެއްވާފައިވަނީ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިޔުކޭޝަންގެ ތަޖުރިބާރު ބޭފުޅުންނާއި ތާޖުއްދީން ސްކޫލުގެ މުދައްރިސެކެވެ. މުޅި ޖުމްލަ 20 ބައިވެރިން ބައިވެރިވެފައިވެއެވެ. ވޯކްޝޮޕުގެ ސެޝަންތައް ކުރިޔަށް ގެންދެވިފައިވަނީ އެން. އައި. އީ ގެ ސެމިނަރ ރޫމުގައެވެ.  ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން  ރަސްމީގޮތުން ހުޅުވުމުގެ ޖަލްސާ ވެސް އޮތީ މި ދުވަސްވަރުގެ ތެރޭގައެވެ. ވޯކްޝޮޕުގެ އެންމެހާ ބައިވެރިން 20 މެއި 2013 ވަނަ ދުވަހުގެ ހެނދުނު 10:0 ގައި އޮތް އެން. އައި. އީ ހުޅުވުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މި ވޯކްޝޮޕުގައި ޓީޗަރ އެޑިޔުކޭޓަރުންނަށް އަތޮޅުގައި މަސައްކަތް ކުރައްވާއިރު ދަތިވާ ކަންތައްތައް ހިއްސާ ކުރެވުނެވެ.

މިވޯކްޝޮޕުގައި ޕިޒިކަލް އެޑިޔުކޭޝަންގައި "ފަންޑަމެންޓަލް ސްކިލް" ކިޔަވައިދިނުމުގެ މުހިއްމު ކަމާއި ބެހޭގޮތުން މަޢުލޫމާތު ދެވި ޢަމަލީގޮތުން ކުރުވައިފައި ވެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅޭގޮތުން ވަރަށްގިނަ ސެޝަންތައް ކުރިޔަށް ގެންދެވުނެވެ.