Monday, July 15, 2013

ގޮއިދޫ ސްކޫލުގެ މޮނިޓަރިންގ އެންޑް އެސިސްޓަންޓް ޕްރޮގްރާމް ނިމެއްޖެ



ބ. އަތޮޅު ގޮއިދޫ ސްކޫލުގައި މި ހިނގާ ޖޫން މަހުގެ 28 އިން ޖުލައި 02 އަށް ކުރިޔަށްދިޔަ މޮނިޓަރިންގ އެންޑް އެސިސްޓަންޓް ޕރޮގްރާމް ނިމެއްޖެއެވެ.  ޖޫން މަހުގެ 30 ވީ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް ދިޔަ  މި ޕްރޮގްރާމްގައި  އެއްދުވަސް އެސްކޫލުގެ ތިންވަނަ ޕީ.ޑީ ދުވަހުގެ ގޮތުގައި ކުރިއަށް ގެންދެވިފައިވެއެވެ. ޕީ.ޑީ ސެޝަންތައް ކުރިޔަށް ގެންދެވިފައިވަނީ ބ. ފުޅަދޫ ސްކޫލުގައެވެ. މި ޕްރޮގްރާމްގައި ބ. ގޮއިދޫ ސްކޫލުގެ މުދައްރިސުންގެ ފިލާވަޅުތައް އޮބްޒާވްކޮށް ފީޑްބެކް ދެވިފައި ވެއެވެ. އަދި މީގެ އިތުރުން ބެލެނިވެރިންނަށް، ސްކޫލުން ކުރިޔަށް ގެންދާ އިނގިރޭސި ކުލާހުގެ ދެ ސެޝަން ނަންގަވައި ދެވުނެވެ. ސެޝަންތައް ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފާއި އޮސްޓްރޭލިޔާގެ ވޮލަންޓިއަރ މިސް ޖެކްއަލިންގ ސްމޮލެޓެވެ. ބ. ގޮއިދޫ ސްކޫލާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމުގައި ޖުމްލަ 20 މުދައްރިސުންނާއި 60 ބެލެނިވެރިން ބައިވެރި ވިއެވެ.