Thursday, February 12, 2015

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. ކަމަދޫ ސްކޫލުގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ކަމަދޫ ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ ގްރޭޑް 1 ން 5 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. ބ. ގޮއިދޫގައިވެސް މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ގެންދެވިފައެވެ. އަދި ކްލާހުގައި ކިޔަވައިދޭގޮތް އޮބްޒާވް ކޮށް ފީޑްބެކް ދެވިފައިވެއެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި މިހާރު ދިމާވާ ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 1 ދުވަހުގެ މި ޕްރޮގްރާމުގައި 18 ބެލެނިވެރިންނާއި 10 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް މި ސްކޫލުގައި ހިންގިފައިވަނީ 8-9 ފެބްރުއަރީ 2015 އަށެވެ. 
B.Kamadhoo School visit

މި އަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގެ ދުވަސް ފާހަގަ ކޮށްފި

2015  ވަނަ އަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ހަރަކާތްތަކުގެ ދުވަސް ނިމެއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް 3 ދުވަސް  ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ގެ ގޮތުގައި އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައިވެއެވެ. މިއީ މުދައްރިސުން ތާޒާ ކުރުމާއި ސްކޫލުތަކުގައި އެސްކޫލަކުން ލިބެންހުންނަ ވަޞީލަތްތައް ބޭނުންކޮށްގެން މުދައްރިސުންގެ ކުރިއެރުވުމަށް ކަންތައްތަކެއް ކުރުމުގެ މަޤުޞަދުގައި ހިންގާ ޙަރަކާތް ތަކެކެވެ. މިއަހަރުގެ ފުރަތަމަ ޕީ.ޑީ ދުވަހަކީ 12 ފެބްރުއަރީ 2015 އެވެ. މިހަރަކާތްތައް މި ދުވަހު ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައި ވީނަމަވެސް ތަފާތު ސަބަބު ތަކާއި ހުރެ މި އަތޮޅުގެ ބައެއް ސްކޫލުތަކުގައި މިދުވަސް ވަނީ އެހެންދުވަހަކަށް ލަސްކޮށްފައެވެ. މި ދުވަސްތައް ކާމިޔާބީ ކަމާއި އެކު ފުރިހަމަ ކުރެވެނީ އަތޮޅުތަކުގެ ސްކޫލުތަކުގައި ތިއްބެވި ހީވާގި ޕީ ޑީ ކޯޑިނޭޓަރުންގެ މިންނެތް މަސައްކަތުންނާއި ސްކޫލު މެނޭޖްމަންޓުގެ އެއްބާރުލުމާއި މުދައްރިސުން މިކަމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ.
First PD day @BAEC

Saturday, February 7, 2015

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. ގޮއިދޫ އަދި ބ.ފުޅަދޫ ސްކޫލުގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ފުޅަދޫ ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. ބ. ގޮއިދޫގައިވެސް މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ގެންދެވިފައެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި މިހާރު ދިމާވާ ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 3 ދުވަހުގެ މި ޕްރޮގްރާމުގައި 30 ބެލެނިވެރިންނާއި 15 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް މި ދެ ސްކޫލުގައި ހިންގިފައިވަނީ 3-5 ޖެނުއަރީ 2015 އަށެވެ. މިހިނގާ 2015 ވަނައަހަރު މިފަދަ އެކި އެކި ޕީ. ޑީ ޕްރޮގްރާމްތައް މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Sunday, February 1, 2015

ދެ ދުވަހުގެ ސައިންސް ވޯކްޝޮޕް ބ. ޓީ އާރު. ސީ ގައި ފުރިހަމަ ކޮށްފި

އާކަރިކިއުލަމުގެ ސައިންސް މާއްދާއަށް އަމާޒުކޮށްގެން ބ. ޓީ. އާރު ސީގައި ބޭއްވުނު ވޯކްޝޮޕް ނިމެއްޖެއެވެ. ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. އަތޮޅުގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ބޭއްވުނު މި ވޯކްޝޮޕުގައި ޖުމްލަ 38 ބައިވެރިން ބައިވެރި ވެލެއްވިއެވެ. ބ. އަތޮޅުގެ ސްކޫލުތަކުގައި ސައިންސް ކިޔަވައިދެއްވާ މުދައްރިސުންގެ ތެރެއިން ގާތްގަޑަކަށް ހުރިހާ މުދައްރިސުން ވެސް ބައިވެރިވި މި ވޯކްޝޮޕުގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފާއި ބ. ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ހާރޫން ޔޫސުފާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް ޓީޗަރ އަލްފާޟިލް ޒިޔާދު އަލީ އެވެ. މި ވޯކްޝޮޕުގައި އާކަރިކިއުލަމްގައި ސައިންސްގެ ބައިތައް އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. އަދި ސައިންސް މާއްދާ ކުދިންނަށް އެންމެ ފައިދާހުރިގޮތަކަށް ކިޔަވައިދެވޭނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެވި ސައިންސް މާއްދާ ކިޔަވައިދިނުމުގައި ވީހާވެސް ބޮޑަށް އަމަލީގޮތުން ކަންކަން ކުރުވައިގެން ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭނެ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. 2 ދުވަހުގެ މި ވޯކްޝޮޕް ކުރިޔަށް ގޮސްފައިވަނީ  24- 25  ޖެނުއަރީ 2015 އަށެވެ. މިއީ 2015 ވަނައަހަރު މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން 4 ވަނަ ޕްރޮގްރާމެވެ.

އާކަރިކިއުލަމަށް އަހުލުވެރި ވުމުގެ ގޮތުން ބ. ދޮންފަން ސްކޫލުގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ

އާކަރިކިއުލަމަށް އަހުލުވެރި ކުރުމުގެ ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ދޮންފަން ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 1 ދުވަހުގެ މި ޕްރޮގްރާމުގައި 50 ބެލެނިވެރިންނާއި 9 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް ބ. ދޮންފަން ސްކޫލުގައި ހިންގިފައިވަނީ 22 ޖެނުއަރީ 2015 ގައެވެ. މިއީ 2015 ވަނައަހަރު މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން 2 ވަނަ ޕްރޮގްރާމެވެ.