Sunday, September 22, 2013

ބޭސްލައިން ސާރވޭ ވޯކްޝޮޕް ނިމެއްޖެ

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 1-7ގެ ހުރިހާ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށް ދިޔަ 5 ގަޑިއިރުގެ ވޯކްޝޮޕް ނިމެއްޖެއެވެ. މި ވޯކްޝޮޕް ހިންގިފައިވަނީ 21 ސެޕްޓެމްބަރ 2013 ވީ ހޮނިހިރު ދުވަހުއެވެ. މިއީ 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ހިންގި ސާރވޭގެ ނަތީޖާ ބ.އަތޮޅުގެ އެންމެހާ ސްކޫލުތަކަށް ޙިއްސާ ކުރުމުގެ ފެށުމެވެ. މި ވޯކްޝޮޕުގައި މަޢުލޫމާތު ދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މީގެ އިތުރުން ސައިންސް ވޯކްޝޮޕުގެ ބައިތަކެއްވެސް ގެންދެވުނެވެ. މިބައިތައް ގެންގޮސްދެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް މުދައްރިސް ޒިޔާދު ޢަލީ އެވެ.  މުދައްރިސުންނަކީ ކަރިކިއުލަމަށް އަންނަ ބަދަލުތަކަށް ރަގަޅަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި ކުލާސް ތަކުގައި މިފަދަ ރިސާޗް ތަކުން ނުކުންނަ ނަތީޖާތައް ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ.
މި ވޯކްޝޮޕްގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ހިންގާ ކޮމިޓީގެ ވަރަށްބޮޑު އެހީތެރިކަން ލިބިފައިވެއެވެ. ޖުމުލަ 20 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ވޯކްޝޮޕު ގެ ގަޑިތައް އަމާޒު ކުރެވި ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނަށް އެކަންޏެވެ.