Monday, July 15, 2013

ބ. ޓީ. އާރު. ސީ އަށް ބޫޓާން ޑެލިގޭޓްސް ޒިޔާރަތް ކުރެއްވުން



މިހިނގާ ޖުލައިމަހުގެ 2 ވަނަ ދުވަހު  ބޫޓާންގެ  5ބޭފުޅުން ބ. ޓީޗަރ ރިސޯސް ސެންޓަރަށް ޒިޔާރަތް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޓީޗަރ ރިސޯސް ސެންޓަރުތައް ހިނގާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް މިކުރެއްވި ޒިޔާރަތުގައި ބޫޓާންގެ އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅަކުވެސް ބައިވެރިވެލެއްވިއެވެ. މިގޮތުން ބ. ޓީޗަރ ރިސޯސް ސެންޓަރުގައި މިހާތަނަށް ކުރެވުނު މަސައްކަތާއި، ދިމާވާ ދަތިތަކާއި އަދި ކުރިޔަށް ގެންދަން ކަނޑައަޅާފައި ހުރި ޕްރޮގްރާމްތައް އެބޭފުޅުންނާއި ޙިއްސާ ކުރެވުނެވެ. ބޫޓާންގެ ތާރީޚާއި ބޫޓާންގެ ތަޢުލީމީ ނިޒާމް ކުރިޔަށްދާގޮތާއި އަދި އެޤައުމުގެ  ޓީޗަރ ރިސޯސް ސެންޓަރުތައް މަސައްކަތް ކުރާގޮތްތައްވެސް މި ޒިޔާރަތުގައި އެބޭފުޅުން  ޙިއްސާ ކުރެއްވިއެވެ. ޖުމްލަ 4 ގަޑިއިރަށް ދެމިގެންދިޔަ މިޕްރޮގްރާމުގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެހާ ވެރިންވެސް ބައިވެރިވެލެއްވިއެވެ.