Thursday, March 31, 2011

ރިލީފް މުދައްރިސުންގެ ވޯކްޝޮޕް ނިމިއްޖެ


ނ އަތޮޅުގެ ބައެއް ރަށްރަށާއި، ރ އަދި ބ. އަތޮޅުގައި ތިބި ރިލީފް ޓީޗަރުންނަށް އަމާޒުކޮށްގެން ޅ. ނައިފަރު ޓީޗަރ ރިސޯސް ސެންޓަރުގައި ބޭއްވުނު ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ. މާޗްމަހުގެ 17 އިން 24 އަށް ބޭއްވުނު މިވޯކްޝޮޕްގައި ޖުމްލަ 26 މުދައްރިސުން ބައިވެރިވިއެވެ. މިވޯކްޝޮޕްގެ އަމާޒަކީ މިއަހަރު ސްކޫލުތަކުގައި މަސައްކަތްކުރާ ރިލީފް ޓީޗަރުންނަށް ކިޔަވައިދިނުމުގެ ހުނަރާއި ކުލާސް މެނޭޖްމަންޓު އަދި ކިޔަވައިދިނުމުގައި ދިމާވާ އެހެނިހެން ކަންތަކަށް ހޭލުންތެރި ކުރުވާ ތަމްރީނު ދިނުމެވެ. މުޅި ޖުމްލަ 40 ގަޑިއރުގެ މިވޯކްޝޮޕުގައި ސެޝަންތައް ނަންގަވައި ދެއްވީ ޅ. ނައިފަރު ޓީ އާރު ސީ ގެ އެއް ޓީޗަރ އެޑިޔކޭޓަރ މުޙައްމަދު ޢަބްދުﷲ ، ބ. ޓީ އާރު ސީގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފާއި، ޤަތަރު އަމީރު ސްކޫލުގެ ޕްރިން ސިޕަލް ޒިޔާދު އަދި މަދްރަސަތުލް އިފްތިތާހުގެ ލީޑިން ޓީޗަރ އަޙުމަދެވެ. ޅ. ނައިފަރު ޓީ އާރު ސީ ގައި އޮތް މި ވޯކްޝޮޕްގެ ނިމުން ޝަރަފްވެރި ކޮއްދެއްވީ އުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކެޓްރީ އަލްފާޟިލާ އައިމިނަތު ޖަމީލެވެ.

Sunday, March 13, 2011

ބ. އަތޮޅު ހިތާދޫ ސްކޫލުގެ ބެލެނިވެރިންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިމަހުގެ 9 ން 10 އަށް ބ. ހިތާދޫ ސްކޫލުގެ ބެލެނިވެރިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް އެހީތެރި ވެދީ ގޭގައި ކުދިން ކިޔެވުމަށް އަހުލުވެރި ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުމެއްވަނީ ބޭއްވިފައެވެ. ޖުމްލަ 20 ބެލެނިވެރިން ބައިވެރިވި މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ބ. ޓީ.އާރ.ސީ ގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ.

Sunday, February 27, 2011

މިއަހަރުގެ ޕީ.ޑީ ދުވަސް ބ.އަތޮޅު ކެންދޫގައި ފާހަގަ ކޮށްފި

މިއަހަރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ 1 ، 24 ފެބްރުއަރީ 2011 ގައި މިއަތޮޅު ކެންދޫގައި ފާހަގަ ކޮށްފިއެވެ. ކެންދޫ ސްކޫލުގައި މިދުވަސް ފަހުން ފާހަގަ ކުރަން ޖެހުނީ އެސްކޫލުގައި މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު މިދުވަސް ފާހަގަ ނުކުރެވުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގައި މިސްކޫލުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ހަރަކާތްތައް ހިންގަވައި ދެއްވީ ބ. ޓީ.އާރު.ސީ ގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ. ޕީ.ޑީ ޕްރޮގްރާމްގައި ބޮޑަށް ގެންދެވިފައިވަނީ ކުދިންނާއި ރައްޓެހި މާހައުލަކަށް ސްކޫލު ހެދުމުގައި މުދައްރިސުންނާއި، މެނޭޖްމަންޓުގެ ދައުރުގެ މުހިއްމުކަން އޮޅުންފިލުވައި ދިނުމުގެ ޙަރަކާތް ތަކެވެ. އަދި ކުދިންނާއި ރައްޓެހި މާހައުލެއްގައި ކުލާސްތައް ގެންދާނެ ގޮތުގެ އިރުޝާދުވެސް ދެވުނެވެ. ކެންދޫގެ ޕްރީ ސުކޫލުގެ މުދައްރިސުންވެސް ބައިވެރިވެލެއްވި މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިން ބައިވެރި ވެލެއްވިއެވެ.


Tuesday, February 22, 2011

ކިޔަވައިދިނުމުގެ ހުނަރު އިތުރުކުރުމުގެގޮތުން ތުޅާދޫ ސްކޫލުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ބ. ތުޅާދޫ ސްކޫލުގެ ޕްރައިމަރީ އަދި މިޑްލް ސްކޫލްގެ މުދައްރިސުންނަށް އަމާޒުކޮށްގެން، ތުޅާދޫ ސްކޫލުގައި މިމަހުގެ 17- 19 އަށް ހިންގަން ހަމަޖެހިފައިވާ،  ކިޔަވައިދިނުމުގެ ހުނަރު އިތުރުކޮށް ތާޒާކުރުމުގެ މިވޯރކްޝޮޕް ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ވަނީ ފަށާފައެވެ. މި ވޯރކްޝޮޕުގައި ތުޅާދޫ ސްކޫލުގެ 26 މުދައްރިސުންނާއެކު ތުޅާދޫގެ ދެ ޕްރީސްކޫލުންވެސް މުދައްރިސުންވަނީ ބައިވެރިކޮށްފައެވެ. މިގޮތުން ކޮންމެ ޕްރީސްކޫލަކުންވެސް ބައިވެރިވެލައްވާފައިވަނީ 7 މުދައްރިސުންނެވެ.
ޖުމުލަ 40 މުދައްރިސުން ބައިވެރިވެލެއްވި މި ވޯރކްޝޮޕް، ފެސިލިޓޭޓްކޮށްދެއްވީ ބ. އަތޮޅު ޓީ. އާރު. ސީ ކޯޑިނޭޓަރ ޓީޗަރ އެޑިއުކޭޓަރ އަލްފާޟިލް މުޙައްމަދު އާރިފެވެ. މި ވޯރކްޝޮޕްގައި ބޮޑަށް ބާރުއަޅާފައިވަނީ ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުމުގެ މުހިއްމުކަމުގެ މައްޗަށެވެ.
މިވޯރކްޝޮޕުގެ މައިގަނޑު މަޤްޞަދަކީ، ބަދަލުވަމުންމިދާ ދުނިޔޭގައި ތަޢުލީމަށް އަންނަ ބަދަލުތަކަށާއި، ދިވެހިރާއްޖޭގައި އަލަށް ތަޢާރަފްވެފައިމިވާ ކުދިންނާއި ރައްޓެހި ބަރާބަރު ސްކޫލުގެ އިންޑިކޭޓަރސްތަކަށް މުދައްރިސުން އަހުލުވެރިކޮށް އެފަދަ މާހައުލެއްގައި އުނގަންނައިދިނުމުގެ ޤާބިލްކަން މުދައްރިސުންނަށް ހޯދައިދިނުމެވެ. އެފަދަ ބަޔަކަށް މުދައްރިސުން ހެދުމަށްޓަކާ މުދައްރިސުން ތާޒާކޮށް އިތުރު ތަމްރީނު ދިނުމެވެ. އަދި މީގެ އިތުރުން، ކުދިންނާރައްޓެހި މާހައުލެއްގައި، އުނގެނުމުގައި ބޮޑަށް ކުދިން ބައިވެރިކުރާނެ ތަފާތު ގޮތްތަކާއި އެގޮތް ތަކަށް ކުދިން އަހުލުވެރި ކުރާނެ ތަފާތު ހަރަކާތްތައް މި ވޯރކްޝޮޕްގައި ދަސްކޮށްދެވިފައިވެއެވެ. "ކޮންޓިނުއަސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު" ގެ ހަރަކާތްތަކަށް މުދައްރިސުން އަހުލުވެރިކުރުމަކީ ވެސް މި ވޯކްޝޮޕްގެ އެއް މަޤުޞަދެވެ. ވަރަށް ކައިރި މުސްތަޤުބަލެއްގައި މިވޯކްޝޮޕުގެ ދެވަނަ ފިޔަވަހިވެސް ފަށާނެކަމަށް ބ.ތުޅާދޫ ސްކޫލުން މަޢުލޫމާތު ދީފައިވެއެވެ.
= އަޙުމަދު މައުސޫމް =

Monday, January 31, 2011

މިއަހަރުގެ ފުރަތަމަ ޕީ.ޑީ ދުވަސް ބ.އަތޮޅުގެ ސްކޫލުތަކުގައި ފާހަނގަކޮށްފި

މިއަހަރުގެ ފުރަތަމަ ޕީ.ޑީ ދުވަހު ބ.އަތޮޅު ސުކޫލުތަކުގައި ތަފާތު ޕީ.ޑީ ހަރަކާތްތައް ހިންގިފައިވެއެވެ
މިގޮތުން 2 ރަށް ފިޔަވައި ހުރިހާ ރަށެއްގައިވެސް ވަރަށް ކާމިޔާބު ކަމާއި އެކު މިޕްރޮގްރާމް ވަނީ ހިންގިފައެވެ
މިއަތޮޅުގެ ހުރިހާ ސްކޫލުތަކުގެ ޕީ.ޑީ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމާއި އެކު ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ޕީ.ޑީ ކޯޑިނޭޓަރުން ކުރިޔަށް ގެންދެއެވެ
މިދިޔަ އަހަރެކޭ އެއްގޮތަށްކޮންމެ މުދައްރިސަކުވެސް 15 ގަޑިއިރުގެ ޕީ.ޑީ ހަރަކާތުގައި ބައިވެރިވުމަކީ ބ.ޓީޗަރ ރިސޯސް ސެންޓަރުން ވަރަށް ބޮޑަށް އެދޭ އެދުމެކެވެ 


Leading Teachers' Workshop has ended

The leading teacher workshop which was held from 22nd to 28th of January 2011, has completed successfully.  Leading teachers from Baa and Lhaviyaani atoll have attended the workshop.  21 Leading teachers have participated.
Three teacher Educators and one Australian Volunteer  from CCE facilitated in this workshop. Certificates were awarded by the the chief guest, Pricipal of Baa Atoll Education Centre, Mr. Ahmed Rafeeu. Total of 44 hours completed in this workshop

Saturday, January 22, 2011

Workshop for Leading Teachers

A workshop for leading teachers will begin on Saturday at TRC in Eydhafushi.  Teachers from Baa and Lhaviyani atoll will participate in this one week program.