Monday, March 9, 2015

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. ކިހާދޫ ސްކޫލާއި ބ.އަތޮޅު މަދަރުސާގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ


އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ކިހާދޫ ސްކޫލުގެ  ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. ބ. އަތޮޅުމަދަރުސާގައިވެސް މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ގެންދެވިފައެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުން ނަށް މަޢުލޫމާތު ދެވުނެވެ. އަދި މީގެ އިތުރުން ކީ ސްޓޭޖް 1 ގެ ކުލާސްތަކުގެ ކިޔެވުން އޮބްޒާވްކޮށް ފީޑްބެކް ދެވުނެވެ. ކަރިކިއުލަމް ތަންފީޒު ކުރުމުގައި މިހާރު މިހާތަނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 3 ދުވަހުގެ މި ޕްރޮގްރާމުގައި ބ.އަތޮޅުމަދަރުސާއިން 11 މުދައްރިސުން އަދި ބ. ކިހާދޫ ސްކޫލުން 10 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް މި ދެ ސްކޫލުގައި ހިންގިފައިވަނީ 5 މާރޗް އަދި  7-8 މާރޗް 2015 އަށެވެ. މިހިނގާ 2015 ވަނައަހަރު މިފަދަ އެކި އެކި ޕީ. ޑީ ޕްރޮގްރާމްތައް މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Baa Atoll School KS1 Teachers