Sunday, January 18, 2015

އާކަރިކިއުލަމަށް އަހުލުވެރި ވުމުގެ ގޮތުން ބ. ކެންދޫ ސްކޫލުގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ

އާކަރިކިއުލަމަށް އަހުލުވެރި ކުރުމުގެ ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ކެންދޫ ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފާއި ބ. ކިހާދޫ ސްކޫލް ޕްރިންސިޕަލް ހާރޫން ޔޫސުފެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 1 ދުވަހުގެ މި ޕްރޮގްރާމުގައި 54 ބެލެނިވެރިންނާއި 12 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް ބ. ކެންދޫ ސްކޫލުގައި ހިންގިފައިވަނީ 13 ޖެނުއަރީ 2015 ގައެވެ. މިހިނގާ 2015 ވަނައަހަރު މިފަދަ އެކި އެކި ޕީ. ޑީ ޕްރޮގްރާމްތައް މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.