Sunday, September 22, 2013

ބެލެނިވެރިންގެ އައި. ސީ. ޓީ ވޯކްޝޮޕް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ބ. ޓީ.އާރު. ސީ އާއި ގުޅިގެން ހިންގި އައި. ސީ. ޓީ ވޯކްޝޮޕްތައް ނިމެއްޖެއެވެ. މިއީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްއިއްޔާއިން ބޮޑެތިމީހުން ކޮމްޕިއުޓަރަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގިފައިވާ ކުރުމުއްދަތުގެ 2 ވޯކްޝޮޕެވެ.  މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބެލެނިވެރިންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުތަކުގެ މައިގަޑު މަޤުޞަދެވެ. 19 ސެޕްޓެމްބަރ 2013 ވީ ބްރާސްފަތި ދުވަހުގެ ރޭ އޮތް ނިންމުމުގެ ރަސްމިއްޔާތުގައި އައި ސީ.ޓީ ބޭސިކް ވޯކްޝޮޕުގައި ބައިވެރި ލެއްވި 15 ބެލެނިވެރިންނަށާއި އައި ސީ. ޓީ އެޑްވާންސް ވޯކްޝޮޕުގައި ބައިވެރިވެލެއްވި 10 ބެލެނިވެރިން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބ. ޓީއާރު ސީގައި މަސައްކަތް ކުރައްވާ ވޮލަންޓިއަރ މިސް ޖެކްއަރލިން ސްމޮލެޓެވެ.