Wednesday, March 13, 2013

ކަމަދޫ ސްކޫލުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަސް ފާހަނގަ ކޮށްފި



ބ. އަތޮޅު ކަމަދޫ ސްކޫލުގައި މިއަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަސް ފާހަނގަ ކޮށްފިއެވެ. މި ހިނގާ މާރޗް  މަހުގެ 10 ވީ އާދީއްތަ ދުވަހު 5 ގަޑިއިރުގެ ވޯކްޝޮޕެއް ވަނީ މިސްކޫލުގައި ކުރިޔަށް ގެންގޮސްފައެވެ. މުޅި ޖުމްލަ 2 ސެޝަނަކަށް ބަހާލެވިގެން ހިންގި މި ޕްރޮގްރާމުގައި ސްކޫލް ސެލްފް އިވެލުއޭޝަން އާއި ކޮމިއުނިކޭޝަން ސްކިލް އަދި ސެލްފް އެސްޓީމް ގެ ބައިތައް ގެންދެވިފައި ވެއެވެ. މިއީ ކޮންމެ އަހަރެއްގެ ތެރޭގައިވެސް  ސްކޫލުތަކުގައި މުދައްރިސުންނަށް ހިންގާ ޕީ.ޑީ ޕްރޮގްރާމުގެ ދަށުން މި ސްކޫލުގައި ބޭއްވުނު ޕްރޮގްރާމެކެވެ. ސެޝަންތައް ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ވޯކްޝޮޕުގައި ޖުމްލަ 20 މުދައްރިސުން ބައިވެރި ވިއެވެ. މި ޕްރޮގްރާމުގައި ކަމަދޫ ސްކޫލުގެ މުދައްރިސުންގެ އިތުރުން ކަމަދޫ ޕްރީ ސްކޫލުގެ މުދައްރިސުންވެސް ބައިވެރި ވިއެވެ.