Thursday, March 31, 2011

ރިލީފް މުދައްރިސުންގެ ވޯކްޝޮޕް ނިމިއްޖެ


ނ އަތޮޅުގެ ބައެއް ރަށްރަށާއި، ރ އަދި ބ. އަތޮޅުގައި ތިބި ރިލީފް ޓީޗަރުންނަށް އަމާޒުކޮށްގެން ޅ. ނައިފަރު ޓީޗަރ ރިސޯސް ސެންޓަރުގައި ބޭއްވުނު ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ. މާޗްމަހުގެ 17 އިން 24 އަށް ބޭއްވުނު މިވޯކްޝޮޕްގައި ޖުމްލަ 26 މުދައްރިސުން ބައިވެރިވިއެވެ. މިވޯކްޝޮޕްގެ އަމާޒަކީ މިއަހަރު ސްކޫލުތަކުގައި މަސައްކަތްކުރާ ރިލީފް ޓީޗަރުންނަށް ކިޔަވައިދިނުމުގެ ހުނަރާއި ކުލާސް މެނޭޖްމަންޓު އަދި ކިޔަވައިދިނުމުގައި ދިމާވާ އެހެނިހެން ކަންތަކަށް ހޭލުންތެރި ކުރުވާ ތަމްރީނު ދިނުމެވެ. މުޅި ޖުމްލަ 40 ގަޑިއރުގެ މިވޯކްޝޮޕުގައި ސެޝަންތައް ނަންގަވައި ދެއްވީ ޅ. ނައިފަރު ޓީ އާރު ސީ ގެ އެއް ޓީޗަރ އެޑިޔކޭޓަރ މުޙައްމަދު ޢަބްދުﷲ ، ބ. ޓީ އާރު ސީގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފާއި، ޤަތަރު އަމީރު ސްކޫލުގެ ޕްރިން ސިޕަލް ޒިޔާދު އަދި މަދްރަސަތުލް އިފްތިތާހުގެ ލީޑިން ޓީޗަރ އަޙުމަދެވެ. ޅ. ނައިފަރު ޓީ އާރު ސީ ގައި އޮތް މި ވޯކްޝޮޕްގެ ނިމުން ޝަރަފްވެރި ކޮއްދެއްވީ އުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކެޓްރީ އަލްފާޟިލާ އައިމިނަތު ޖަމީލެވެ.