Saturday, February 7, 2015

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. ގޮއިދޫ އަދި ބ.ފުޅަދޫ ސްކޫލުގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ފުޅަދޫ ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. ބ. ގޮއިދޫގައިވެސް މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ގެންދެވިފައެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި މިހާރު ދިމާވާ ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 3 ދުވަހުގެ މި ޕްރޮގްރާމުގައި 30 ބެލެނިވެރިންނާއި 15 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް މި ދެ ސްކޫލުގައި ހިންގިފައިވަނީ 3-5 ޖެނުއަރީ 2015 އަށެވެ. މިހިނގާ 2015 ވަނައަހަރު މިފަދަ އެކި އެކި ޕީ. ޑީ ޕްރޮގްރާމްތައް މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.