Thursday, February 12, 2015

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. ކަމަދޫ ސްކޫލުގައި ހިންގުނު ޕްރޮގްރާމް ނިމިއްޖެ

އާކަރިކިއުލަމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ކަމަދޫ ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ ގްރޭޑް 1 ން 5 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ  އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. ބ. ގޮއިދޫގައިވެސް މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ގެންދެވިފައެވެ. އަދި ކްލާހުގައި ކިޔަވައިދޭގޮތް އޮބްޒާވް ކޮށް ފީޑްބެކް ދެވިފައިވެއެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި މިހާރު ދިމާވާ ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 1 ދުވަހުގެ މި ޕްރޮގްރާމުގައި 18 ބެލެނިވެރިންނާއި 10 މުދައްރިސުން ބައިވެރިވިއެވެ.  މި ޕްރޮގްރާމް މި ސްކޫލުގައި ހިންގިފައިވަނީ 8-9 ފެބްރުއަރީ 2015 އަށެވެ. 
B.Kamadhoo School visit