Tuesday, October 21, 2014

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ އާއި ބ. ޓީ.އާރު. ސީ އާއި ގުޅިގެން ބެލެނިވެރިންނަށް ހިސާބު ވޯކްޝޮޕެއް ފަށައިފި

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ އާއި ބ. ޓީ.އާރު. ސީ އާއި ގުޅިގެން ބެލެނިވެރިންނަށް ހިސާބު ވޯކްޝޮޕެއް ފަށައިފިއެވެ.  މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާ މި ވޯކްޝޮޕުގައި ކުދިންނަށް ހިސާބު ކިޔަވައިދިނުމުގައި ގޭތެރެއިން ކުރެވިދާނެ ކަންތައްތައް އޮޅުން ފިލުވައި ދޭނެއެވެ. އަދި މީގެ އިތުރަށް ބެލެނިވެރިން އިތުރަށް ތާޒާކުރުމަކީ މި ވޯކްޝޮޕުގެ އެއްމަޤުޞަދެވެ. ޖުމްލަ 20 ބެލެނިވެރިން ބައިވެރިވި މި ވޯކްޝޮޕުގެ ގަޑިތައް ކޮންމެ ރެއަކު 9 އިން 10:15 ކުރިޔަށް ގެންދެވޭނެއެވެ. މި ވޯކްޝޮޕުގައި ކިޔަވައި ދެއްވަނީ ބ. ޓީ. އާރު. ސީގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ.