އާކަރިކިއުލަމް ތަންފީޒުކުރުމުގައި
ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް
ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ފުޅަދޫ ސްކޫލުގެ ބެލެނިވެރިންނަށާއި
އެސްކޫލުގެ ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު
ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން
އައި .އީ ގެ ޓީޗަރ އެޑިޔުކޭޓަރު މުޙައްމަދު
ޢާރިފެވެ. ބ. ގޮއިދޫގައިވެސް މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ
މުދައްރިސުންނަށް ގެންދެވިފައެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި
އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުންނަށާއި
ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އަދި މިހާރު ދިމާވާ ދަތިތައް ހައްލު ކުރާނެ
ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 3 ދުވަހުގެ މި ޕްރޮގްރާމުގައި 30
ބެލެނިވެރިންނާއި 15 މުދައްރިސުން ބައިވެރިވިއެވެ. މި ޕްރޮގްރާމް މި ދެ ސްކޫލުގައި ހިންގިފައިވަނީ
3-5 ޖެނުއަރީ 2015 އަށެވެ. މިހިނގާ 2015 ވަނައަހަރު މިފަދަ އެކި އެކި ޕީ. ޑީ
ޕްރޮގްރާމްތައް މި ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ވަނީ
ހަމަޖެހިފައެވެ.