އާކަރިކިއުލަމުގެ ސައިންސް
މާއްދާއަށް އަމާޒުކޮށްގެން ބ. ޓީ. އާރު ސީގައި ބޭއްވުނު ވޯކްޝޮޕް ނިމެއްޖެއެވެ. ބ.
އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ
ތެރެއިން ބ. އަތޮޅުގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ބޭއްވުނު މި ވޯކްޝޮޕުގައި
ޖުމްލަ 38 ބައިވެރިން ބައިވެރި ވެލެއްވިއެވެ. ބ. އަތޮޅުގެ ސްކޫލުތަކުގައި ސައިންސް
ކިޔަވައިދެއްވާ މުދައްރިސުންގެ ތެރެއިން ގާތްގަޑަކަށް ހުރިހާ މުދައްރިސުން ވެސް
ބައިވެރިވި މި ވޯކްޝޮޕުގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ އެޑިޔުކޭޓަރު މުޙައްމަދު ޢާރިފާއި ބ. ކިހާދޫ ސްކޫލުގެ
ޕްރިންސިޕަލް އަލްފާޟިލް ހާރޫން ޔޫސުފާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް
ޓީޗަރ އަލްފާޟިލް ޒިޔާދު އަލީ އެވެ. މި ވޯކްޝޮޕުގައި އާކަރިކިއުލަމްގައި
ސައިންސްގެ ބައިތައް އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން
މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. އަދި ސައިންސް މާއްދާ ކުދިންނަށް އެންމެ
ފައިދާހުރިގޮތަކަށް ކިޔަވައިދެވޭނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެވި ސައިންސް
މާއްދާ ކިޔަވައިދިނުމުގައި ވީހާވެސް ބޮޑަށް އަމަލީގޮތުން ކަންކަން ކުރުވައިގެން
ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭނެ ގޮތާއި ބެހޭގޮތުން މަޢުލޫމާތު
ދެވުނެވެ. 2 ދުވަހުގެ މި ވޯކްޝޮޕް ކުރިޔަށް ގޮސްފައިވަނީ 24- 25 ޖެނުއަރީ 2015 އަށެވެ. މިއީ 2015 ވަނައަހަރު މި
ޓީ. އާރު .ސީ ގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ
ތެރެއިން 4 ވަނަ ޕްރޮގްރާމެވެ.