އާކަރިކިއުލަމަށް އަހުލުވެރި ކުރުމުގެ
ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ
ޕްރޮގްރާމްތަކުގެ ތެރެއިން ބ. ދޮންފަން ސްކޫލުގެ ބެލެނިވެރިންނަށާއި އެސްކޫލުގެ
ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް އިތުރު މަޢުލޫމާތު ދިނުމުގެ
ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ
ގެ ޓީޗަރ އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. މި
ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާއި
ބެހޭގޮތުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 1 ދުވަހުގެ
މި ޕްރޮގްރާމުގައި 50 ބެލެނިވެރިންނާއި 9 މުދައްރިސުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ބ. ދޮންފަން ސްކޫލުގައި
ހިންގިފައިވަނީ 22 ޖެނުއަރީ 2015 ގައެވެ. މިއީ 2015 ވަނައަހަރު މި ޓީ. އާރު .ސީ ގެ
ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން 2 ވަނަ ޕްރޮގްރާމެވެ.