Thursday, March 31, 2011

ރިލީފް މުދައްރިސުންގެ ވޯކްޝޮޕް ނިމިއްޖެ


ނ އަތޮޅުގެ ބައެއް ރަށްރަށާއި، ރ އަދި ބ. އަތޮޅުގައި ތިބި ރިލީފް ޓީޗަރުންނަށް އަމާޒުކޮށްގެން ޅ. ނައިފަރު ޓީޗަރ ރިސޯސް ސެންޓަރުގައި ބޭއްވުނު ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ. މާޗްމަހުގެ 17 އިން 24 އަށް ބޭއްވުނު މިވޯކްޝޮޕްގައި ޖުމްލަ 26 މުދައްރިސުން ބައިވެރިވިއެވެ. މިވޯކްޝޮޕްގެ އަމާޒަކީ މިއަހަރު ސްކޫލުތަކުގައި މަސައްކަތްކުރާ ރިލީފް ޓީޗަރުންނަށް ކިޔަވައިދިނުމުގެ ހުނަރާއި ކުލާސް މެނޭޖްމަންޓު އަދި ކިޔަވައިދިނުމުގައި ދިމާވާ އެހެނިހެން ކަންތަކަށް ހޭލުންތެރި ކުރުވާ ތަމްރީނު ދިނުމެވެ. މުޅި ޖުމްލަ 40 ގަޑިއރުގެ މިވޯކްޝޮޕުގައި ސެޝަންތައް ނަންގަވައި ދެއްވީ ޅ. ނައިފަރު ޓީ އާރު ސީ ގެ އެއް ޓީޗަރ އެޑިޔކޭޓަރ މުޙައްމަދު ޢަބްދުﷲ ، ބ. ޓީ އާރު ސީގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފާއި، ޤަތަރު އަމީރު ސްކޫލުގެ ޕްރިން ސިޕަލް ޒިޔާދު އަދި މަދްރަސަތުލް އިފްތިތާހުގެ ލީޑިން ޓީޗަރ އަޙުމަދެވެ. ޅ. ނައިފަރު ޓީ އާރު ސީ ގައި އޮތް މި ވޯކްޝޮޕްގެ ނިމުން ޝަރަފްވެރި ކޮއްދެއްވީ އުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކެޓްރީ އަލްފާޟިލާ އައިމިނަތު ޖަމީލެވެ.

Sunday, March 13, 2011

ބ. އަތޮޅު ހިތާދޫ ސްކޫލުގެ ބެލެނިވެރިންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިމަހުގެ 9 ން 10 އަށް ބ. ހިތާދޫ ސްކޫލުގެ ބެލެނިވެރިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް އެހީތެރި ވެދީ ގޭގައި ކުދިން ކިޔެވުމަށް އަހުލުވެރި ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުމެއްވަނީ ބޭއްވިފައެވެ. ޖުމްލަ 20 ބެލެނިވެރިން ބައިވެރިވި މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ބ. ޓީ.އާރ.ސީ ގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ.

Sunday, February 27, 2011

މިއަހަރުގެ ޕީ.ޑީ ދުވަސް ބ.އަތޮޅު ކެންދޫގައި ފާހަގަ ކޮށްފި

މިއަހަރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ 1 ، 24 ފެބްރުއަރީ 2011 ގައި މިއަތޮޅު ކެންދޫގައި ފާހަގަ ކޮށްފިއެވެ. ކެންދޫ ސްކޫލުގައި މިދުވަސް ފަހުން ފާހަގަ ކުރަން ޖެހުނީ އެސްކޫލުގައި މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު މިދުވަސް ފާހަގަ ނުކުރެވުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގައި މިސްކޫލުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ހަރަކާތްތައް ހިންގަވައި ދެއްވީ ބ. ޓީ.އާރު.ސީ ގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ. ޕީ.ޑީ ޕްރޮގްރާމްގައި ބޮޑަށް ގެންދެވިފައިވަނީ ކުދިންނާއި ރައްޓެހި މާހައުލަކަށް ސްކޫލު ހެދުމުގައި މުދައްރިސުންނާއި، މެނޭޖްމަންޓުގެ ދައުރުގެ މުހިއްމުކަން އޮޅުންފިލުވައި ދިނުމުގެ ޙަރަކާތް ތަކެވެ. އަދި ކުދިންނާއި ރައްޓެހި މާހައުލެއްގައި ކުލާސްތައް ގެންދާނެ ގޮތުގެ އިރުޝާދުވެސް ދެވުނެވެ. ކެންދޫގެ ޕްރީ ސުކޫލުގެ މުދައްރިސުންވެސް ބައިވެރިވެލެއްވި މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިން ބައިވެރި ވެލެއްވިއެވެ.