އާކަރިކިއުލަމް ތަންފީޒުކުރުމުގައި
ދިމާވާ ދަތިތަކަށް އަމާޒުކޮށްގެން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް
ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. ކިހާދޫ ސްކޫލުގެ ގްރޭޑް 1 ން 3 އަށް ކިޔަވައިދޭ މުދައްރިސުންނަށް
އިތުރު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ޕްރޮގްރާމްގައި
ފެސިލިޓޭޓް ކޮށްދެއްވީ އެން އައި .އީ ގެ ޓީޗަރ އެޑިޔުކޭޓަރު މުޙައްމަދު ޢާރިފެވެ. ބ. އަތޮޅުމަދަރުސާގައިވެސް
މި ޕްރޮގްރާމް ވަނީ ކީ ސްޓޭޖް 1 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް
ގެންދެވިފައެވެ. މި ޕްރޮގްރާމްގައި އާކަރިކިއުލަމްގައި އެސެސްކުރުމަށް
ހަމަޖެހިފައިވާ ގޮތްތަކާއި ބެހޭގޮތުން މުދައްރިސުން ނަށް މަޢުލޫމާތު ދެވުނެވެ. އަދި
މީގެ އިތުރުން ކީ ސްޓޭޖް 1 ގެ ކުލާސްތަކުގެ ކިޔެވުން އޮބްޒާވްކޮށް ފީޑްބެކް
ދެވުނެވެ. ކަރިކިއުލަމް ތަންފީޒު ކުރުމުގައި މިހާރު މިހާތަނަށް ދިމާވެފައިވާ
ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 3
ދުވަހުގެ މި ޕްރޮގްރާމުގައި ބ.އަތޮޅުމަދަރުސާއިން 11 މުދައްރިސުން އަދި ބ. ކިހާދޫ
ސްކޫލުން 10 މުދައްރިސުން ބައިވެރިވިއެވެ.
މި ޕްރޮގްރާމް މި ދެ ސްކޫލުގައި ހިންގިފައިވަނީ 5 މާރޗް އަދި 7-8 މާރޗް 2015 އަށެވެ. މިހިނގާ 2015 ވަނައަހަރު
މިފަދަ އެކި އެކި ޕީ. ޑީ ޕްރޮގްރާމްތައް މި ޓީ. އާރު .ސީ ގެ ފަރާތުން
ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
Baa Atoll School KS1 Teachers |