ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ
އާއި ބ. ޓީ.އާރު. ސީ އާއި ގުޅިގެން ބެލެނިވެރިންނަށް ހިސާބު ވޯކްޝޮޕެއް ފަށައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް
ކުރިޔަށްދާ މި ވޯކްޝޮޕުގައި ކުދިންނަށް ހިސާބު ކިޔަވައިދިނުމުގައި ގޭތެރެއިން
ކުރެވިދާނެ ކަންތައްތައް އޮޅުން ފިލުވައި ދޭނެއެވެ. އަދި މީގެ އިތުރަށް
ބެލެނިވެރިން އިތުރަށް ތާޒާކުރުމަކީ މި ވޯކްޝޮޕުގެ އެއްމަޤުޞަދެވެ. ޖުމްލަ 20
ބެލެނިވެރިން ބައިވެރިވި މި ވޯކްޝޮޕުގެ ގަޑިތައް ކޮންމެ ރެއަކު 9 އިން 10:15
ކުރިޔަށް ގެންދެވޭނެއެވެ. މި ވޯކްޝޮޕުގައި ކިޔަވައި ދެއްވަނީ ބ. ޓީ. އާރު. ސީގެ
ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ.
Tuesday, October 21, 2014
Thursday, October 9, 2014
އާކަރިކިއުލަމަށް އަހުލުވެރި ވުމުގެ ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބޭއްވުނު ވޯކްޝޮޕް ނިމިއްޖެ.
ވޯކްޝޮޕުގެ ބައިވެރިން |
އާކަރިކިއުލަމަށް އަހުލުވެރި ވުމުގެ
ގޮތުން ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބޭއްވުނު ވޯކްޝޮޕް ނިމިއްޖެއެވެ.
މިވޯކްޝޮޕުގައި ކިޔަވައިދެއްވީ އެން އައި .އީ ގެ ޓީޗަރ އެޑިޔުކޭޓަރުންނާއި ބ. ގޮއިދޫ ސްކޫލް، ބ. ކިހާދޫ ސްކޫލް އަދި
ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލުންނެވެ. މިވޯކްޝޮޕުގައި ޖުމްލަ 4 ރަށުން 32
މުދައްރިސުން ބައިވެރިވިއެވެ. 42 ގަޑިއިރުގެ މިވޯކްޝޮޕުގައި މިއަންނަ އަހަރަށް
އާކަރި ކިއުލަމަށް މުދައްރިސުން އަހުލުވެރިކުރުވުމަށް ވަކި ވަކި މާއްދާތަކަށް އަމާޒު ކޮށްގެން ތަފާތު ގިނަގުނަ އެކްޓިވިޓީ
ތަކެއް ކުރިޔަށް ގެންދެވުނެވެ.
Tuesday, March 25, 2014
މިއަހަރުގެ ތިންވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެ
ބ. މާޅޮހު ސްކޫލުގައި މާރޗް
18 ވަނަ ދުވަހު ހިންގި މިއަހަރުގެ ދެވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް
ނިމިއްޖެއެވެ. މިއީ 2014 ވަނަ އަހަރު ބ. އަތޮޅުގެ ސްކޫލުތަކަށް
ޕްރޮފެޝަނަލް އެހީތެރިކަން ދިނުމުގެ ގޮތުން ކުރެވުނު ތިންވަނަ ދަތުރެވެ. މި ޕްރޮގްރާމުގައި
މުދައްރިސުންނަށް 2 ގަޑިއިރުގެ ސެޝަނެއް ނަގައި ދެވިފައިވެއެވެ. އަދި މީގެ
އިތުރުން ކްލާސްތައް އޮބްޒާވްކޮށް ފީޑްބެކް ދެވިފައިވެއެވެ. އެންމެ ފުރިހަމަ
ގޮތުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކުރާނެ ގޮތާއި ބެހޭގޮތުން މުދައްރިސުންނާއި
މަޝްވަރާކުރެވުނެވެ. އާ ކަރިކއުލަމަށް މުދައްރިސުން އަހުލުވެރި ވެފައިވާވަރުވެސް
މި ދަތުރުގައި ބެލިފައިވެއެވެ. ބ. މާޅޮހު ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ހިންގުނު
މި ޕްރޮގްރާމުގައި ސެޝަން ނަގައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ
އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ސެޝަންގައި ސްކޫލުގެ ހުރިހާ މުދައްރިސުން
ބައިވެރިވެލެއްވިއެވެ. ސެޝަންގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ
މުދައްރިސުން އެކުގައެވެ.
Thursday, February 6, 2014
މިއަހަރުގެ ދެވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެ
ބ. ކިހާދޫ ސްކޫލުގައި ފެބްރުއަރީ މަހުގެ 2- 4 އަށް ހިންގި މިއަހަރުގެ ދެވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެއެވެ. މިއީ 2014 ވަނަ އަހަރު ބ. އަތޮޅުގެ ސްކޫލުތަކަށް ޕްރޮފެޝަނަލް އެހީތެރިކަން ދިނުމުގެ ގޮތުން ކުރެވުނު ދެވަނަ ދަތުރެވެ. މި ޕރޮގްރާމުގައި ބެލެނިވެރިންނަށް 2 ގަޑިއިރުގެ 2 ސެޝަން ނަގައި ދެވިފައިވެއެވެ. އަދި މީގެ އިތުރުން ކްލާސް އޮބްޒާވްކޮށް އެންމެ ފުރިހަމަ ގޮތުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްވެސް ހިމެނޭގޮތަށް ބ. ކިހާދޫ ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ހިންގުނު މި ޕްރޮގްރާމުގައި ސެޝަންތައް ނަގައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ.
މި ވޯކްޝޮޕްގައި ބ. ކިހާދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 26 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. ޖުމްލަ 8 ގަޑިއިރަށް ކުރިޔަށް ދިޔަ މި ޕްރޮގުރާމްގެ ސެޝަންތައް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.
އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެ
ބ. ކަމަދޫ ސްކޫލުގައި ޖެނުއަރީ މަހުގެ 27- 29 އަށް ހިންގި އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ 2014 ވަނަ އަހަރުގެ ފެށޭއިރު ބ. ކަމަދޫ ސްކޫލްގެ 4 ކްލާސްރޫމެއްގައި އައި. ސީ. ޓީ ގެ ހިދުމަތް ލިބެމުންދާތީވެ، އެކަމަށް މުދައްރިސުން އަހުލު ވެރިކުރުވުމުގެ ގޮތުން ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްވެސް ހިމެނޭގޮތަށް ބ. ކަމަދޫ ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ. މީގެ އިތުރުން މިވޯކްޝޮޕުގައި އައި ސީ ޓީ ބޭނުންކޮށްގެން ކިޔަވައިދިމުގެ ފައިދާ އާއި ހުރި ދަތިތަކުގެ މައްޗަށް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން އައި. ސީ. ޓީ ބޭނުންކޮށްގެން ފިލާވަޅު ގެންދިޔމަށްޓަކައި ޓީޗިން ރިސޯސް ވެސް ތައްޔާރު ކުރެވިފައިވެއެވެ. މި ވޯކްޝޮޕްގައި ބ. ކަމަދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 18 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. ޖުމްލަ 8 ގަޑިއިރަށް ކުރިޔަށް ދިޔަ މި ޕްރޮގުރާމްގެ ސެޝަންތައް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.